ޚަބަރު

މި އަހަރުގެ ތެރޭގައި ކޮންޓެއިނާ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން/ ފޮޓޯ: މަޖިލީސް

މި އަހަރުގެ ތެރޭގައި ކޮންޓެއިނާ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by Allied

ރިޔާސީ ބަޔާނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ ބުރަ މަސައްކަތުން މިހާރު ރާއްޖެއަށް އެތެރެވާ ކޮންމެ ޕެކޭޖެއް އަންނާނީ ސްކޭން ކުރެވިގެން ކަމަށާއި މީގެ ކުރިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދި ނަމަވެސް މިއަދު ހުރިހާ ޕެކޭޖެއް ސްކޭންކުރާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް ރާއްޖެ ގެންނަ ބޮޑެތި ކޮންޓެއިނަރުތައް ސްކޭންކޮށްގެން ނޫނީ ކާގޯ ދޫނުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު މަދު ކުރުމަށް ޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށް ޓަކައި ދިވެހި ފުލުހުން ވެސް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފެށި އޮޕަރޭޝަން އަލިމަގަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ހުއްޓުވުމަށް ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ވަނީ ގާނޫނަށް ވެސް އިސްލާހުތަކެއް ގެނެސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!