ޕެންޝަން އޮފީހަށް ޗެއާޕާސަންއެއް ހޯދަނީ
ހުސްވެފައިވާ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންއެއް ހޯދަން އިއުލާންކޮށްފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒް މި މަސް ފެށުނުތަނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އޭގެ ފަހުން އެ މަގާމަށް މީހަކު އަދި ހަމައެއް ނުޖައްސައެވެ.
ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔާގީން ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި
- ވިޔަފާރި އަދި އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުން
- ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާހުރުން

