ޚަބަރު

ރަމަޟާންމަހު ޢާއިލާއާ ބެހޭ ކޯޓުގެ ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފެމިލީ ކޯޓު

މި އަހަރުގެ ރަމަޟާންމަހު ޢާއިލާއާ ބެހޭ ކޯޓުގެ ޚިދުމަތްތަކާއި ކައިވެނިތައް ކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

Ads by STELCO

ޢާއިލާއާ ބެހޭ ކޯޓުން ބުނީ، ރަސްމީ ދުވަސްތަކުގައި އެ ކޯޓުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:30 ފެށިގެން މެންދުރު 12:00އަށް ކަމަށާއި ކައިވެނިތައް ކޮށްދިނުން މެންދުރު ފަހު 14:00 ފެށިގެން 16:30އަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި ރޭގަނޑު ކައިވެނިތައް ކޮށްދިނުމަށް ކަނޑައަޅާފައިވާ ގަޑިއަކީ 21:45 ފެށިގެން 22:45 ދެމެދުގެ ވަގުތުކަމަށް ވެސް އެ ކޯޓުން ބުނެފައިވެއެވެ.

މީގެ އިތުރުން ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިތައް ކޮށްދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި މެންދުރު ފަހު 14:00އިން 16:30އަށް، ރޭގަނޑު 21:45އިން 22:45 ކަމަށް ޢާއިލާއާ ބެހޭ ކޯޓުން މަޢުލޫމާތުދެއެވެ. އަދި ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 21:45އިން 22:45އަށް ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.