ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ
ކުރިއަށް އޮތް ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖައްސައިފިއެެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27އާ ހަމަަށް ފިތުރު ޒަކާތް އޮންލައިންކޮށް އަދި އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
އޮންލައިންކޮށް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށީގެން 27އަށް ހަތް ޕްލެޓްފޯމަކުން ޕްލެޓްފޯމް ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ
- ދިރާގު ޕޭ
- އުރީދޫ އެމްފައިސާ
- އިސްލާމިކް ބޭންކް މޮބައިލް އެޕް
- ބީއެމްއެލް މޮބައިލް އެޕް
- އަވަސް އެޕް
އޭގެ އިތުރުން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ފަހިޕޭ އަދި ފިނޭންސް މިނިސްޓްރީ ބަނޑޭރި ޕޭ/ ޕޯޓަލް މެދުވެރިކޮށް ވެސް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއ،ި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒުގެ ކައުންޓަރުތަކުން ފިތުރު ޒަކާތް ބަލައިގަންނާނީ
- 22ފެބުރުއަރީ އިން 09މާޗު އަށް- ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00އިން 13:00އަށް
- 10މާޗުން 19މާޗުއަށް - ހުކުރާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 14:00އަށް

