Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުރުނބާ ރިސޯޓް ބޭރުން ކަންނެލި ދޯންޏެއްގައި ރޯވެ އަނދަނީ

ކުރުނބާ ރިސޯޓް ބޭރުން ކަންނެލި ދޯންޏެއްގައި ރޯވެ އަނދަނީ

ކުރުނބާ ރިސޯޓް ބޭރުގައި އޮތް ކަންނެލި ދޯންޏެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

ފްރެޝް ފްރޮމް ދަ ސީ ކިޔާ މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގީ ކީއްވެކަމެއް އަދި ސާފެެއް ނުވެއެވެ.

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ދޯނީގައި ތިބި ބައެއް މީހުން ވަނީ މޫދަށް ފުންމާލައިފައެވެ. އެމީހުންނާއި ދޯނީގައި ތިބި މީހުން ފުލުހުންގެ ލޯންޗަށް ނެގިއިރު ތުލުސްދޫއިން މާލެ ދަތުރުކުރި ލޯންޗަކަށް ވެސް ދެ މީހަކު ނަގައިފައި ވެއެވެ. ދޯނީގައި ތިބި މީހުންގެ ޖުމްލަ އަދަދު ސާފެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

ދޯނީގައި ތިބި ބައެއް މީހުނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

މެރިން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް