Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަލިފާނުގެ ޙާދިސާ ހިނގި ދޯނީގެ ބައިތައް އޮޔާދަނީ، ސަމާލުވޭ: ދިފާއީ ބާރު

އަލިފާނުގެ ޙާދިސާ ހިނގި ދޯނީގެ ބައިތައް އޮޔާދަނީ، ސަމާލުވޭ: ދިފާއީ ބާރު

މިއަދު ކުރުނބާ ރިސޯޓް ބޭރުން 15މީހުންނާ އެކު ދަތުރުކުރަމުންދިޔަ މަސްދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، މިއަދު 14:54އެހާއިރު އަލިފާނުގެ ޙާދިސާ ހިނގި "ފްރެޝް ފްރޮމް ދަ ސީ"ނަމަކަށް ކިޔާ ކަންނެލި މަސްދޯނި އަޑިޔަށް ގޮސް، ދޯނީގެ ބައިތައް ކ.ދޫނިދޫ ހުޅަނގު އުތުރުން 0.38ނޯޓިކަލް މޭލު ބޭރުން އޮޔާދާ ކަމަށެވެ. އަދި މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ އަލިފާނުގެ ޙާދިސާގައި ދޯނި އަޑިޔަށް ދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

https://twitter.com/MNDF_Official/status/2022678996102844823

Advertisement
HDC — Sidebar (box)

އެހެންކަމުން އެ ސަރަޙައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާ ނަމަ ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

މި ޙާދިސާ ހިނގި ވަގުތު އެ ދޯނީގައި ދަތުރުކުރި 15މީހުންގެ ތެރެއިން 5 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ގެންދަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2ދިވެހިންނާއި 3ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް