Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްކޭމް ނެޓްވޯކް ހިންގުމުގައި އިސްކޮށް އުޅޭ މީހަކު ހައްޔަރު ކޮށްފި

ސްކޭމް ނެޓްވޯކް ހިންގުމުގައި އިސްކޮށް އުޅޭ މީހަކު ހައްޔަރު ކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ފުލުހުން ހައްޔަރު ކޮށްފައި ވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދު 36،އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ ކޭޝްކާޑާއި، ސިމް ކާޑާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މީނާއަކީ މި ފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްރަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއް ކަމަށް ތުހުމަތު ކުރެވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ މީހުން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް އެ ހިދުމަތުން ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް