ރޯދަ މަހު ހަތިމުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
މި ފެށޭ ރޯދަ މަހު ހަތިމުކުރުމުގެ ޕްރޮގްރާމެެއް ކުރިއަށް ގެންދަން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ނިންމައިފިއެވެ.
އެ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން މާލޭ ތިން މިސްކިތެއްގައި ކަމަށެވެ.
އެ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ
މަސްޖިދު ޝަހީދު އަބްދުއްރަހުމާން، މާލެ.
ސަލްމާނު ރަސްގެފާނު މިސްކިތް، މާލެ.
މަސްޖިދު ހަސަން އާދަމް، ހުޅުމާލެ، ފޭސް2.
އެ ޕްރޮގްރާމްގެ ޝަރުތުތަކުގެ ތެރޭގައ އުމުރުން 13އަހަރާއި 16ދެމެދުގެ ފިރިހެން ކުއްޖަކަށްވުމާއި ފަރިތަކަމާއެކު ކީރިތި ގުރްއާން ބަލައިގެން ކިޔަވަން އެނގުން ހިމެނެއެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ގޫގުލް ފޯމް ފުރިހަމަކުރުމަށް އެދިފައެވެ.

