ޚަބަރު

ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ވައި ނުސާފު ދުވަހެއް / ފޮޓޯ:ޕީއެސްއެމް

ނުރައްކާތެރި މިންވަރަށް މިއަދު މުޅި ރާއްޖެއަށް ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

Ads by STELCO

މެޓް އޮފީހުން މިއަދު ބުނީ މުޅި ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވައި ނުސާވުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ދުރު ފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

"ކުރިއަށް އޮތް 5 ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭ،"

އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ވައިނުސާފު ވަގުތުތަކުގައި މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށާއި ސިއްހީ އެކި ބަލިތައް ހުންނަ މީހުންނާއި މާބަނޑު މީހުންނާއި ކުޑަކުދިން ބޭރަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

Ads by PNC