Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައްޑޫގައި އެކްސިޑެންޓްވި މީހުން ބަލައިދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓްވެއްޖެ

އައްޑޫގައި އެކްސިޑެންޓްވި މީހުން ބަލައިދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓްވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ބަލައި އެ ސަރަހައްދަށް ދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓްވެއްޖެއެވެ.

ހިތަދޫގައި 2 ސައިކަލު ޖެހިގެން އެކްސިޑެންޓްވެފައި ވަނީ އެ އަވަށު ޑެއިޒީމަގާއި އެޅޭދީދީމަގު ކަންމަތީގައެވެ.

ފުލުހުން މިއަދު ބުނީ ރޭ 9:40 ހާއިރު ހިނގި މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 4 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެމީހުންނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

މި އެކްސިޑެންޓް ހިނގުމުން، އަނިޔާވި މީހުން ބަލައިދިޔަ އެމްބިއުލާންސް ވެސް ރޭ ވަނީ އެކްސިޑެންޓްވެފައެވެ. ފުލުހުން ބުނީ އެމްބިއުލާންސް އެކްސިޑެންޓްވެފައި ވަނީ ކާރެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް، އެކްސިޑެންޓްވި ކާރު ފުލުހުން ވަނީ ޓޯ ކޮށްފައެވެ.

މި 2 މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް