ޚަބަރު

ގިނަ އަދަދެއްގެ ވޭޕާ އެކު ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަން ވޮޗްއަށް ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި 473 މައްސަލަ ހުށަހެޅި / ފޮޓޯ:އިމިގްރޭޝަން

ގިނަ އަދަދެއްގެ ވޭޕާ އެކު ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރަން ނިންމައިފިއެވެ.

Ads by Allied

މި މަހު 12ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައީ ޗައިއޮން، ބަންގްލަދޭޝް (34އ) އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959ނެނޯ ސްޓިކާއި، 34ފްލޭވަރއާއި، ޑިސްޕޯސަބަލް 11ސްޓިކް ފެނުނުކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާއަކީ ވޭޕްގެ ވިޔަފާރިކުރާ މީހެއްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ މިހާރު އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!