ޚަބަރު

އެތެރޭގެ އުދުހުންތައް ވީއައިއޭގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގައި ދެމުންގެންދާ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްތައް ވީއައިއޭގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރަން ނިންމައިފިއެވެ.

Ads by Allied

"ދެން"އަށް އެނގިފައިވާ ގޮތުން އެތެރޭގެ ހިދުމަތްތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރަން މާދަމާ ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވަން ނިންމައިފައެވެ.

އެންމެ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކޮށް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.

އޭގެ ފަހުން ބައިނަލްއަގުވާމީ ދަތުރުތަކަށް ހިދުމަތް ދެމުން ގެންދަނީ އާ ޓާމިނަލްއިންއެވެ. އަދި ދާދި ފަހުން ވަނީ ބައިނަލްއަގުވާމީ ހުރިހާ އެއާލައިންތަކެއްގެ ހިދުމަތް އާ ޓާމިނަލްއަށް ބަދަލުވެސްކޮށްފައެވެ.

ވީއައިއޭގެ އެތެރޭގެ ހިދުމަތްތަައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރުމުން ހިދުމަތްތައް ދިނުމަށް ޖާގައިގެ ގޮތުން ބޮޑުވާނެއެވެ.

މިހާރު ވެސް އެެތެރޭގެ އުދުހުންތައް އިތުރަށް ފުޅާކޮށް އާ އެއާޕޯޓުތައް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!