ޚަބަރު

ބަރުބަރީ މިސްކިތް މާދަމާ ހުޅުވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބަރުބަރީ މިސްކިތް

މަޖީދީމަގާއި ރަށްދެބައިމަގު ގުޅޭ ކަންމަތީގައި އިމާރާތްކުރި ބަރުބަރީ އާ މިސްކިތް މާދަމާ ހުޅުވަން ނިންމައިފިއެވެ.

Ads by Allied

ތިންބުރިއަށް އިމާރާތްކުރި މިސްކިތް ފުރަތަމަ ހުޅުވަން ނިންމާފައި އޮތީ މިއަދުއެވެ.

ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު މިރޭ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ މާދަމާގެ އަސަރު ނަމާދަށް ފަހު ހުޅުވަން މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.

މިސްކިތް ހުޅުވުން ލަސްވި ސަބަބު މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

އެ މިސްކިތަކީ 1400މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ބަރުބަރީ މިސްކިތަކީ ދުވަސްވީ މިސްކިތެކެވެ. އެ ތަނުގައި ކުރިން ހުރި މިސްކިތް ތަޅާލައި އާ މިސްކިތެއް އެޅީ "އަލިސާފު" ކުންފުނިންނެވެ.

ސަރުކާރުން ދަނީ ރޯދައިގެ ކުރިން އިތުރު މިސްކިތްތައް ވެސް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަދި ބައެއް މިސްކިތްތައް މިހާރު ވެސް ވަނީ ހުޅުވައިފައެވެ.

މި ސަރުކާރުން އާ މިސްކިތްތައް އަޅަން ދަނީ ބޮޑު އަހައްމިއްޔަތުތަކެއް ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!