ރަމަޟާންމަހު ފެރީއާއި ބަހުގެ ޚިދުމަތްތަކުގެ ގަޑިތައް އާންމުކޮށްފި
ރަމަޟާންމަހު މާލެ ސިޓީގައި ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތަކުގެ ގަޑިތައް އާންމުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، މި އަހަރުގެ ރަމަޟާންމަހު އެ ކުންފުނިން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ފެރީއާއި ބަހުގެ ޚިދުމަތްތަކުގެ ދަތުރުތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.
އެގޮތުން، މާލެ - ވިލިމާލެ އަދި މާލޭ - ތިލަފުށި ފެރީގެ ޚިދުމަތް ހަވީރު 5:50ފެށިގެން އިރުއޮއްސި 7:00އާ ހަމައަށް މެދުކަނޑައިލާނެ ކަމަށާއި މާލެ - ގުޅީފަޅު ފެރީ ހަވީރު 4:15އިން ފެށިގެން 5:00އާ ހަމައަށް މެދުކަނޑައިލާނެކަމަށެވެ. އަދި ހުޅުމާލެ - މާލެ ފެރީގެ ޚިދުމަތްް މެންދުރުފަހު 3:00ގެ ފަހުން މެދުކަނޑައިލާނެ ކަމަށް ވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން އާރްޓީއެލް ބަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ، މާލެ - ހުޅުމާލެ، ހުޅުމާލެ - އެއަރޕޯޓު، މާލެ - އެއަރޕޯޓު ބަހުގެ ޚިދުމަތް ހަވީރު 5:00އިން އިރުއޮއްސި 7:00އާ ހަމަށް މެދުކަނޑައިލާނެ ކަމަށް އެމްޓީސީސީން ބެނެއެވެ.
ހުޅުމާލެ އިންޓަރނަލް ބަހުގެ ޚިދުމަތް ހަވީރު 5:15އިން 7:15އަށް، އަދި މާލެއާއި ވިލިމާލެ އިންޓާނަލް ބަހުގެ ޚިދުމަތް އިރުއޮއްސި 6:00އިން ރޭގަނޑު 9:00އަށް މެދުކަނޑައިލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.