ރާއްޖެއަށް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ
ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާކަމަށް ކަނޑައަޅައިފިއެެވެ.
އެގޮތަށް ކަނޑައެޅިކަން އިއުލާންކުރީ ރޯދައަށް ހަނދު ސާބިތުކަން ކަނޑައަޅަން މިރޭ އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާގައެވެ.
މާދަމާއަކީ ރޯދައިގެ ފުރަތަމަ ދުވަސްކަމަށް ވާތީ ސަރުކާރު ބަންދުވާނެއެވެ.
އަދި ރޯދައިގެ ފަހު ދިހައެއް ވެސް ބަންދުކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.


