ޚަބަރު

ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ އޮފިސަރުން ހަރަކާތްތެރިވަނީ / ފޮޓޯ:ޕޮލިސް

ފުލުހަކަށް ތޫނު އެއްޗަކުން ހަމަަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

Ads by Allied

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަމްފަރު/ނޫރު، އަލީ ޝަހީމް(27އ.)އެވެ.

އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތެވެ. ނަމަވެސް އޭގެ ތަފްސީލު ދީފައެއް ނުވެއެވެ. އަދި ފުލުސް މީހާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ވެސް ސާފެއް ނުވެއެވެ.

އެހެންވެ ޝަހީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުނެރެފައެވެ.

ބަންދު އަމުރުގައިވާ ގޮތުން ސީންއަށް ދިޔަ ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާގެ ބަޔާނުގެ އިތުރުން އަނިޔާގެ ފޮޓޯތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އަދި ޝަހީމްގެ ހައްޔަރާއި ބަންދު ރެކޯޑް އޮންނަކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!