Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސައުދީ ރަސްގެފާނުގެ އެހީގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަ ވީއްލުންދިނުން ރަސްމީކޮށް ފަށައިފި

ސައުދީ ރަސްގެފާނުގެ އެހީގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަ ވީއްލުންދިނުން ރަސްމީކޮށް ފަށައިފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު 150މީހުންނަށް ރޯދަ ވީއްލުން ހަދިޔާކުރުމުގެ މަޝްރޫޢު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ހަވީރު 17:30ގައި އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މި މަޝްރޫއު އިފްތިތާހު ކުރުމަށް ޓަކައި ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ އިސް ވަފުދެއް ރާއްޖެ ވަޑައިގަނެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ މި ޙަރަކާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ވަފުދުގައި ވަޑައިގެންނެވި ބޭފުޅުންނާ އެކު ޚާއްޞަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ މުހިންމު ކަންތައްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މިއަދު އިސްލާމީ މަރުކަޒަށް، ރޯދަ ވީއްލުމުގައި ބައިވެރިވުމަށް ޓަކައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. ކޮންމެ ރަމަޟާން މަހަކަށް ސައުދީ ސަރުކާރުގެ އެހީގައި ރާއްޖެއަށް ކަދުރު ވެސް ހަދިޔާ ކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް