ޚަބަރު

އިރުވައި މޫސުމާއެކު އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ބާޒާރު ސަރަހައްދުގައި މީހަކު މުދާ އުފުލުމުގައި ހަރަކާތްތެރިވަނީ / ފޮޓޯ:ދެން އިމޭޖްސް

އިރުވައި މޫސުމުގެ އެންމެ އަވިގަދަ ދުވަސްތަކާއެކު، އެކި ހިސާބުތަކުގެ އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށައިފިއެވެ.

Ads by STELCO

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އާންމުކޮށްފައިވާ ފިނިހޫނުމިން ޗާޓުން އެނގޭ ގޮތުގައި ގިނަ ހިސާބުތަކަށް ދަނީ ހޫނުމިން މަތިވަމުންނެވެ. އެގޮތުން ހޫނުމިން ހުރީ ހުރިހާ ހިސާބެއްގައިވެސް 35ޑިގްރީއިން މަތީގައެވެ.

އެކި ހިސާބުތަކުންގައި ހޫނުމިން ހުރި މިންވަރު:

  • ހަނިމާދޫ - 36ޑިގްރީ
  • ހުޅުލެ - 35.6ޑިގްރީ
  • ކައްދޫ - 35.5ޑިގްރީ
  • ގަން - 35.1ޑިގްރީ
  • ކާޑެއްދޫ - 30.4ޑިގްރީ (އާދައިގެ ހޫނުމިން)

އިރުވައި މޫސުމުގައި ރާއްޖެއަށް އެންމެ ބޮޑަށް ހޫނުވަނީ ޖެނުވަރީ މަހުން ފެށިގެން ޖޫން މަހަށެވެ. އާންމުކޮށް އެންމެ ހޫނު ވަނީ އޭޕްރީލް މަހުއެވެ.

މިދުވަސްވަރަކީ ރޯދަ މަސް ކަމުން ހޫނުމިން އިހުސާސް ކުރެވޭ މިންވަރުން ވަކިން ބޮޑެވެ.

ރާއްޖެއަށް އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ 2024ވަނަ އަހަރުގެ އޭޕްރީލް 1ގައެވެ. އެދުވަހު މާލޭގައި ހުރީ 48ޑިގްރީގެ ހޫނުމިނެވެ.

 

Ads by PNC