ޚަބަރު

ޑޮލަރު މާރުކުރުން "ފްލޯޓިން އެކްސްޗޭންޖް"އަކަށް ބަދަލުކުރަން ރައީސް ނަޝީދު ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރާއްޖޭގައި ޑޮލަރު މާރުކުރުމުގެ ކަންކަން "ފްލޯޓިން އެކްސްޗޭންޖް"އެއްގެ ދަށުން ކުރިއަށް ގެންދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

Ads by Allied

ރާއްޖޭގައި ސަރުކާރުން ފެށުނީއްސުރެ ވެސް ގެންގުޅެމުން އައީ ފިކްސްޑް އެކްސްޗޭންޖް ރޭޓް ސިސްޓަމްއެކެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަބަދުވެސް އޮންނަނީ ބަދަލުވެއެވެ. ޑޮލަރުގެ އަގު އޮފިޝަލް ރޭޓްގައި 15.42އޮތް ނަމަވެސް ކަޅު ބާޒާރުގައި މިހާރު އޮތީ 20ރުފިޔާއިން މަތީގައެވެ.

ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ރުފިޔާ ޑީވެލިއުކޮށް 20ރުފިޔާއަށް ބަދަލުކުރި ނަމަވެސް އެ ރޭޓްގައި ބޭންކުތަކުން ޑޮލަރު ނުލިބޭ ނަމަ ކަޅު ބާޒާރު ގަދަޔަށް ހިނގާނެ ކަމަށެވެ.

އެހެންވެ ރާއްޖެއަށް މުޅިން ރަނގަޅު ގޮތަކީ ޑޮލަރުގެ ރޭޓް މުޅިން ފްލޯޓިންއަށް ދޫކޮށްލުންކަމަށް ވެސް އެމަނިކުފާނު ވިދާލުވިއެވެ.

"ޑޮލަރުގެ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ ހަމަ އަގަށް ހެދުން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ކުރިން ޑޮލަރު ވިއްކަމުން އައީ 12.75ރުފިޔާ އަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ޑޮލަރުގެ 15.42އަށް މަތިކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!