Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަނީ

ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަނީ

އއ.މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗުން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނިފައިވާކަމަށާއި، އަދި އެތަނުން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފެރިދޫ ސިއްހީ މަރުކަޒުގައި އެ މީހާއަށް ދަނީ ފަރުވާދެމުން ކަމަށާއި، ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް