ޚަބަރު

ގާސިމް އިބްރާހިމް މާމިގިލީގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގާސިމް އިބްރާހިމް މާމިނގިލީގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އދ. މާމިގިލީގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.

Ads by Allied

"މަސްޖިދު އިބްރާހިމް"ގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ގާސިމްއެވެ.

އެ މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ވެސް މިނިސްޓަރު ޝަހީމްއެވެ.

800މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުލޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. އެގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ގާއިމްކޮށްފައިވެއެވެ.

މާމިގިއްޔަކީ ގާސިމް އިބްރާހިމްގެ އުފަން ރަށް ވެސް މެއެވެ.

ސަރުކާރުގެ ހަރަދުގައި އިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރޯމަ މަހަށް 15މިސްކިތެއް ވަނީ ހުޅުވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!