ޚަބަރު

މެދު އިރުމަތި ނޫން ގައުމުތަކުގެ އެއާލައިންތައް އިތުރުކުރަން މަސައްކަތްކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތި ނޫން ގައުމުތަކުގެ އެއާލައިންތައް އިތުރުކުރަން މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by Allied

އިސްރާއިލާއި އެމެރިކާއިން އިއްޔެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހުޅުފަޅައިގެން ގޮސް އިރާނުން މިހާރު ދަނީ ރައްދުގައި އިސްރާއިލަށާއި މެދު އިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެއާ އެކު ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި މެދުއިރުމައްޗާއި ރާއްޖެއާ ދެމެދު ކުރަމުންދާ ފްލައިޓުތަކަށް ބުރޫ އެރި ނަމަވެސް އެހެން އެއާލައިންތަކުގެ ދަތުރުތައް ތާވަލާ އެއްގޮތަށް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިހާރުގެ ހާލަތުން ކުރާ އަސަރުތައް ކުޑަކުރުމަށް ޓަކައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމާ ގުޅޭ ގޮތުން އެ ފަރާތްތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމެވެ.

  1. ޢަމީންގެ ފުރެންޑު

    ބުރޯ މެދުއިރުމަތި ނޫން އެއަރލައިން ތައްވެސް ދުއްވަނީ މެދު އިރުމަތިން ގެންން ތެޔޮ އަޅައިންނޭ. ބޯ ހަލާކު، ކިހިނެތް ބުރޯ ލައިން މިކަން ކުރާނީ