ޚަބަރު

ދައުލަތުގެ ބެލުމުގައި ތިބީ 151 ކުޑަކުދިން: ސޯޝަލް މިނިސްޓްރީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލޭގައި ހުންނަ ފިޔަވަތި---

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގައި ތިބީ 151ކުޑަކުދިންކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.

Ads by Allied

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ މައުލޫމާތު އެ މިނިސްޓްރީން އާންމުކުރީ މިއަދުއެވެ.

ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް 83ފިރިހެން ކުދިންނާއި 68އަންހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އެއީ ޖުމްލަ 151ކުޑަކުދިންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއް ކުއްޖަކު އާއިލާއާ ރީއިންޓެގްރޭޓް ކޮށްފައިވާ ކަމަށާއި އަދި ތިން  ކުއްޖަކަށް އިންޓާންޝިޕް/ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ ބައިންބަފައިން އެ ކުދިންނަށް އިހުމާލުވާ ކަމަށް ބުނެއެވެ. އޭގެ އިތުރުން އަޅާލާނެ ބަޔަކު ނެތިގެން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނަގައެވެ.

އެފަދަ ކުދިން މާލެ ސަރަހައްދުގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތި ތަންތަނުގައި ބައިތިއްބައެެވެ. އޭގެ އިތުރުން އަތޮޅުގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކުގައި ވެސް އެ ފަދަ ކުދިން ބައިތިއްބައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!