Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވޯޓުލާ ފޮއްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން 1 ދުވަހުގެ ފުރުސަތު

ވޯޓުލާ ފޮއްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން 1 ދުވަހުގެ  ފުރުސަތު

އަންނަ މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ފޮށީގެ ރަޖިސްޓްރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު ހެނދުނު 10:00އިން މާދަމާގެ މެންދުރުފަހު 1:30ގެ ނިޔަލަށް ކަމަށެވެ.

ޝަކުވާ ހުށަހަޅާނީ އީސީގެ ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ޗެކްކުރާނީ VR (Space) NID ޖެހުމަށް ފަހު 1414އަށް މެސެޖެއް ކޮށްގެންނެވެ.

Advertisement
HDC — Sidebar (box)

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލުމުން 26،454 މީހުން ވަނީ ރީ-ރަޖިސްޓާކޮށްފައެވެ.

ރީ-ރަޖިސްޓާ ކުރި މިންވަރު މަދުވެގެން ބޭރު ގައުމުތަކާއި ބައެއް ސިނާއީ ސަރަހައްދުތަކުގެ އިތުރުން ބައެއް ރިސޯޓުތަކުގެ ވޯޓު ފޮށި ނުބެހެއްޓުމަށް އީސީން ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް