ޚަބަރު

މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަހިބަދޫ ޕޮލިސް ސްޓޭޝަން--

އެކި މައްސަލަތަކާ ގުޅިގެން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

Ads by PNC

ފުލުހުންގެ ހިދުމަތުން މިއަދު ބުނީ އެ ތަކެތި ނައްތާލީ އިއްޔެ ކަމަށާއި އެގޮތުން 33ފުޅި ބަނގުރަލާއި 169ދަޅު ބަނގުރާ ނައްތާލިކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

އދ. އަތޮޅުގައި ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ އިރު ބަނގުރާ ވަގަށް ރައްތަކަށް އެތެރެކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!