Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިޝާން

އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިޝާން

މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ މަސައްކަތްކުރުމަށް އެމްއެމްއޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އިސްވެރިޔަކަށް މުހައްމަދު އިޝާން އައްޔަންކޮށްފިއެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމްކޮށްފައިވާ ހާއްސަ ޔުނިޓެކެވެ. ގާނޫނުގައިވާ ގޮތުން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ގަވަރުނަރަށެވެ.

އެ މަގާމަށް އައްޔަނު ކުރި އިޝާންއަކީ ތަޖުރިބާކާރު ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ)ގެ އެސޯސިއޭޓް މެންބަރުކަމުގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންސް އޮފް ދި މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެކެވެ.

Advertisement
Ooredoo — Truecaller (box)

އިޝާން އެމްއެމްއޭއާ ގުޅިވަޑައިގެންފައި ވަނީ 2014ވަނަ އަހަރުއެވެ. އެފަހުން އެ މުއައްސަސާގެ އިސް މަގާމުތައް ވަނީ ފުރުއްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް