ޚަބަރު

ހާއްސަ ކެޓެގަރީތަކުގެ ފްލެޓު ލިބޭ ޝަރުތު އަނެއްކާ ވެސް ބަދަލުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗަ މިނިސްޓަރު މުއްތޮލިބު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މި ސަރުކާރުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން ދޭ ހާއްސަ ކެޓެގަރީތަކުގެ ފްލެޓުތަކަށް ކުރިމަތިލެވޭ ޝަރުތުތައް އަނެއްކާ ވެސް ބަދަލުކޮށް، ވަޒީފާ އަދާކުރި މުއްދަތު ފަސް އަހަރު ދުވަހަށް އިތުރުކޮށްފިއެވެ.

Ads by PNC

ބޯހިޔާވަހިކަމުގެ މި ސްކީމުގެ ދަށުން 5ދާއިރާއެއްގެ މުވައްޒަފުންނަށް 1000ފްލެޓު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިދިޔަ ހޯމަ ދުވަހު ގެޒެޓްކުރި ހާއްސަ ކެޓެގަރީން ފްލެޓްދޭ އުސޫލުގައި އޮތީ، ޝަރުތު ހަމަވާނީ އެ ފަސް ދާއިރާގައި މެދުނުކެނޑި ފުލްޓައިމްކޮށް 1އަހަރުވެފައިވާ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

ނަމަވެސް އަނެއްކާ ވެސް އިސްލާހުކުރުމަށް ފަހު މިއަދު ހައުސިން މިނިސްޓްރީން ޝާއިއުކުރި އާ އުސޫލުގައި ވަނީ އެ 1އަހަރު ދުވަހުގެ މުއްދަތު 5އަހަރަށް ބަދަލުކޮށްފައެވެ.

އެހެންކަމުން ފްލެޓަށް ޝަރުތު ހަމަވާނީ މެދުނުކެނޑި 5އަހަރު އެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް އެކަންޏެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް އިއްޔެ ވިދާޅުވީ ކުރިން 1އަހަރުގެ މުއްދަތެއް ޖަހާފައި ވަނީ ސިޔާސީ މުވައްޒަފުންނަށް ވެސް ފްލެޓް ލިބުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް މުއްތަލިބް ވިދާޅުވީ އުސޫލު އިސްލާހު ކުރީ ސިޔާސީ ގޮތުން ފްލެޓް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށްވާތީ ކަމަށެވެ. އެހެން ނޫނަސް ކުރިން ވެސް އުސޫލު އޮތީ ސިޔާސީ މުވައްޒަފުންނަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ގޮތަށް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހާއްސަ ކެޓެގަރީގައި ހިމެނޭ ދާއިރާތައް

  • ޖުޑިޝަރީ - 100ފްލެޓް
  • ފުލުހުންގެ މުއައްސަސާ - 100ފްލެޓް
  • އެމްއެންޑީއެފް - 100ފްލެޓް
  • ސިވިލް ސާވިސް - 200ފްލެޓް
  • ކެރެކްޝަނަލް ސާވިސް - 100ފްލެޓް

  1. ކަނޑުކޮހާ

    މިއަށް މިކިޔަނީ އުނބަށް ޖެހުން ނުވަތަ ރަންމަންފޯލި ކުޅުމޭ މީތޭ ޕީއެޗްޑީ ހަދައިގެން އައިސް ތިބޭ ވަޒީރުން ހިންގާ ވުޒާރާ އިން ކަންކުރާ ގޮތުގެ ފެންވަރަކީ ޝަހާދަތް ކުރީގެ ކާތިބަކަށް ވުރެން ފެންވަރު ދަށްހެނޭ މަމެންނަށް ހީވަނީއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ.

  2. ތަމެންދޯ

    މީ ވަރަށް ގޯސްކޮށް ސަރުކާރުން ކުރާ ކަމެކޭ މިގޮތަށް ކަންކަން ކުރުމުން ޒުވާނުން ބިނާކުރަނިވި މަސައްކަތް ތަކާއި ދުރުވެ ސޮފްޓް އަތުން ފައިން މާބޮޑު މަސައްކަތެއް ނުކޮށް ކައިގެން ބޮއިގެން އުޅެން ދަސްކުރާނެއޭ ނަތީޖާ އަކީ ދުބާއީ އަށް ވީގޮތޭ ވާނީ ދުބާއީ ގައި ތަންތަން އިމާރާތް ކުރާއިރު ދުބާއީ މީހަކު ނުހުރޭ އުފެއްދުން ތެރި މަސައްކަތެއް ގައި ބައިވެރިވެސް ވެފައި އެހާ ކަންނެތް އެމެން ހަމަ އެގޮތޭ ދެންވާނީ ރާއްޖޭގެ ޖީލު ތަކަށް އަރަބިގައުމު ތަކުން ކިޔަވާ މީހުން ކަމަކު ނުދާނެއޭ މިގައުމުގެ ވަޒީރުންގެ މަގާމަށް ކިނބިގަސްދޮށުގޭ މައުމޫނު ވެރިކަމުގައި ގައުމުގެ މީހުން ބިނާކުރަނިވި މަސައްކަތް ތައް ކުރަން އޭނާ ކުރި އެއްވެސް ކަމެއް ނެތޭ މަސައްކަތް ކުރާނެ ބިމެއް ވެސް މާލެ ސަރަހައްދުން ނުދީ ކުރީގައި މާލޭ ގައި ކުރަމުން އައި އިންޑަސްޓްރިއަލް މަސައްކަތް ވެސް ހުއްޓުނީ އޭނާގެ ލާކިން ވަލާކިން ފޮލާކީން ތިއަރީގެ ދަށުން އޭނާ ވެރިކަން ގަމާރުން ކުރާ އުސޫލުން ކުރުމުންނޭ އެއްގޮތަކަށް ވެސް އަރަބި ގައުމު ތަކުން ކިޔަވައިގެން އައިސް ތިބި މީހުން ރާއްޖޭގެ ވަޒީރު ކަމަށް ކަމަކު ނުދާނެއޭ ނުދާނެއޭ ނުދާނެއޭ އެއީ ވަރަށް ގަމާރު އާލާތް ގަނޑެކޭ…