އަލަށް ހުޅުވި މިސްކިތްތަކަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި މުސްހަފުތައް ފޯރުކޮށްދީފި
ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ރާއްޖެއަށް ހަދިޔާކުރި މުސްހަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފިއެވެ.
އެގޮތުން ރޯދައިގެ ކުރިން މަސައްކަތް ނިންމާ ހުޅުވި 14މިސްކިތަކަށް އެ މުއްހަފްތައް ފޯރުކޮށްދިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ
- މަސްޖިދު ޝަހީދު އުމަރު އަހުމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)
- މަސްޖިދުއް ސިއްދީގު (ޅ. ކުރެންދޫ)
- މަސްޖިދުއްތައުބާ (ނ. މަނަދޫ)
- މަސްޖިދު ރައްޔާން (ސ. މަރަދޫ)
- މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)،
- މަސްޖިދުލް އިހުލާސް (ޅ. އޮޅުވެލިފުށި)
- ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)،
- މަސްޖިދު ޒުވައިދާ އަހުމަދު (ހއ. އިހަވަންދޫ)،
- މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)،
- މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)
- މަސްޖިދު މުހައްމަދު ގާސިމް (ނ. ކުޑަފަރި)،
- މަސްޖިިދު ޝަމީމާ އަބްދުﷲ (ނ. ކެނދިކުޅުދޫ)
- މަސްޖިދުލް ސަލާމް (ލ. ގަން)
- މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)އެވެ.
މިދިޔަ އަހަރުވެސް ސައުދީން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500މުސްހަފް ހަދިޔާކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މުސްހަފްތައް ބަހާނީ ކީރިތި ގުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށެވެ.