"އެލައިޑް އައިފޯން ޑްރޮޕް" – އިންސްޓަގްރާމް ފޮލޯވަރުންނަށް ޚާއްސަ
އެލައިޑް އިންޝުއަރެންސްއިން އެލައެޑްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ "އެލައިޑް އައިފޯން ޑްރޮޕް" ގިވްއަވޭ ކެމްޕެއިން އިއުލާންކޮށްފިއެވެ.
10 މާރިޗު 2026އިން ފެށިގެން 10 އޭޕްރިލް 2026ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިނުގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޝަރުޠުތަކަކީ:
- އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް (@allied.mv) ފޮލޯކުރުން.
- މި ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި 6 އެކުވެރިން ޓެގްކުރުން.
- އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކުރުން.
މި ޕްރޮމޯޝަނުގައި ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 ބޭފުޅުން ޓެގްކުރަން ޖެހޭނެއެވެ. އަދި ގިނަ ކޮމެންޓްތައް ކުރެއްވުމުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން، ޕްރައިވެޓް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުއްވުމުން ބައިވެރިވުން ކަށަވަރުވާނެއެވެ.
އެލައިޑްގެ އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ކެމްޕެއިނުގައި ބައިވެރިވެ، އެކުވެރިން ޓެގްކޮށް، މި ފުރުސަތުގެ ބޭނުން ހިފުމެވެ.