ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށިން ފައްސިވީ ކޭސް އާއި ގުޅިގެން ކުރިނބި ވެސް މޮނީޓަރިންގަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށިން ކޮވިޑް-19 އަށް ފައްސިވީ ކޭސް އާއި ގުޅިގެން އެއަތޮޅު ކުރިނބި ވެސް މޮނީޓަރިންގެ ހާލަތަށް ލައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިނބި ވެސް މޮނީޓަރިންގެ ހާލަތައް ލާފައި މިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަަސައްކަތްކުރާ ފުލުހެއް ކޮވިޑަށް ފައްސި ވުމުންނެވެ.

ކުރިނބީ ހެލްތު ސެންޓަރުގެ މެނޭޖަރ ޝަޒީމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސިވީ މީހާ ދިރިއުޅެނީ ކުރިނބީގައި ކަމަށާއި، އިއްޔެ އޭނާ އެރަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު އޭނާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ.

ޝަޒީމް ވިދާޅުވީ ފައްސިވީ މީހާ ކޮވިޑަށް ފައްސިކަން އެނގިފައިވަނީ މިއަދު ކަމަށެވެ. އަދި އެމީހާގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާ ކަމަށް ވެސް ޝަޒީމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!