ޚަބަރު

މެދުކެނޑިފައި އޮތުމަށް ފަހު މޯލްޑިވިއަންއިން ބަނގުލަދޭޝްއަށް އަލުން ދަތުރުތައް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މެދުކެނޑިފައި އޮތުމަށް ފަހު ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަނގުލަދޭޝްއަށް އަލުން ދަތުރުތައް ފަށައިފިއެވެ.

Ads by Allied

އެ ދަތުރުތައް އަލުން ފެށީ މިއަދުއެވެ. އަދި މިހާރު ރާއްޖެއިން ބަނގުލަދޭޝްއަށް ސީދާ ދަތުރުކުވޭނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުންޏެވެ.

މޯލްޑިވިއަންއިން ބަނގުލަދޭޝްއާއި ރާއްޖެއާ ދެމެދު ބާއްވަމުން އައި ދަތުރުތައް ހުއްޓާލީ މިދިޔަ އަހަރުގެ މޭ މަހުއެވެ.

މޯލްޑިވިއަންގެ އޭ320 މަރުކާގެ މަތިންދާ ބޯޓުތައް ބަނގުލަދޭޝްއަށް ދަތުރުކުރަން ބޭނުންކުރާ އިރު އެ ދަތުރުތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުއެވެ.

ރާއްޖޭގައި ބަނގުލަދޭޝްގެ އެތައް ލައްކަ މަސައްކަތްތެރިން މަސައްކަތްކުރާއިރު ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުތަކަށް ބޮޑު ޑިމާންޑެއް އޮވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!