Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 5މަރު!

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 5މަރު!

<span style="font-weight: 400;">އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސްމީހަކު މަރުވެއްޖެއެވެ.</span>

<span style="font-weight: 400;">ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 2:00އެހައިކަންހާއިރު ކަމަށާއި އަނިޔާ ލިބުނު އަށް މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 5 ފިރިހެނުން ކަމަށް ވެސް ފުލުހުން ބުނެއެވެ.</span>

<span style="font-weight: 400;">މީގެ އިތުރުން ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށާއި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.</span>

Advertisement
HDC — Sidebar (box)

<span style="font-weight: 400;">މި ހާދިސާގެ ތަޙްޤީޤަށް މާލެއިން ޚާއްޞަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަޙުޤީޤު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. </span>

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް