ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ގެންގުޅުނު މީހާ ދޫކޮށްލައިފި
ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވްއަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެ ފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ހުޅެވި / ބ.ކުޑަރިކިލު, ޢަލީ ނާޖިހު އަހުމަދު (29އ)ހައްޔަރުކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރިއެވެ.
ނަމަވެސް ތިން ވަނަ ފަހަރު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އޭނާ ޝަރުތުތަކާ އެކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ނާޖިހުގެ މައްސަލަ ބަލަމުން ދަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންނެވެ. ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެކެވެ

ތީ އަދި އިސްކަން ދީގެން ބަލާ ކަންކަމައް ވާ ވަރު. ދެން މީހަކު މަރާލުން ކަހަލަ ސީރިއަސް ނޫން މައްސަލަތައް ދާނެގޮތް ނިކަން ވިސްނާލާ.
އިސްކަންދޭ ވަރު އިނގޭނުން..
އިސްކަންދޭ ވަރު އިނގޭނުން…
ތީތިވާވަރަކީ ދެން އަނެއްކާވެސް ގައުމައިގެން ކުރިޔަށްދާންވީ އަރުވާޖަހައިގެން އޭނަޔަށްވެސް މިހާރު އެނގޭނެތާ ހަމަ އެއްދޮރުން ވައްދާފައި އަނެއްދޮރުން ނެރޭނެކަން ދެން އަރުވާވެސް ޖަހަންވީއެއްނު . މިއޮތީވާ ގައުމެއް