ޚަބަރު

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކޮޓަރިއެއް އަނދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކޮޓަރިއެއް އަނދައިފިއެވެ.

Ads by Allied

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ރޯވީ ހުޅުމާލެ Lot-11395ގައި ކަމަށެވެ.

އެ ހާދިސާގައި އެއް ކޮޓަރި ވަނީ އެނދިއިރު އެ ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށްކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ގޭގައި ދިރިއުޅެމުން ދިޔަ 7ފަރާތްތަކަށް 5ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ. އަދި އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ވެސް ނުލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!