ޚަބަރު

ގަލޮޅު ސަހަރާ ކައިރީ ހުރި ގުދަނެއްގައި ރޯވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ގަލޮޅު ސަހަރާ ކައިރީ ހުންނަ ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by Allied

އެމްއެންޑީއެފްއިން ވަނީ ގުދަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.

ރޯވެފައި ވަނީ ހުވަފެނީ ގޯޅިތެރޭގައި ހުންނަ އެ އިމާރާތުގެ މަތީގައި ހުރި ގުދަނެއްގައެވެ. އެތަނުގެ ތިރީގައި ހުންނަނީ ކޮފީޝޮޕެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން އަދި ސާފެއް ނުވެއެވެ. އަދި އަލިފާން ރޯވީ ކިހިނެއް ކަމެއް ވެސް ނޭންގެއެވެ.

އަލިފާނާ އެކު އެ ސަރަހައްދުފައި ހުރީ ދުން އޮލަވެފައެވެ. މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.