ޚަބަރު

ހިމަންދޫގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހިމަންދޫގައި.ލެބޯޓަރީގެ ހިދުމަތް ފެށުން--

އއ. ހިމަންދޫގައި ހުންނަ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފިއެވެ.

Ads by Allied

މިއަދު އެ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު މިނިސްޓަރު ނާޒިމް ވިދާޅުވީ ހިމަންދޫގައި މިއަދު ފެށި އެ ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެކަށައެޅުއްވި ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 76ރަށެއްގައި އެކަށީގެންވާ ގޮތަށް ލެބޯޓަރީގެ ހިދުމަތް ދެވެމުން ނުދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ހިދުމަތް ފަށަން 2026ގެ ބަޖެޓުގައި ހިމެނި ކަމަށެވެ.

އަދި ހިމަންދޫއަކީ އެގޮތުން ލެބޯޓަރީގެ ހިދުމަތް ފެށި 12ވަނަ ރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިމަންދޫގައި ލެބޯޓަރީގެ ހިދުމަތް ފެށިއިރު އެ ރަށަކީ މިހާރު ލޯކަލް ޓޫރިޒަމްގައި ވެސް ކުރިއަރަމުން އަންނަ ރަށެކެވެ. އެހެންވެ ލެބޯޓަރީގެ ހިދުމަތް ފެށުމުން ފަތުރުވެރިންނަށް ވެސް އޭގެ ފައިދާކުރާނެއެވެ.