ޚަބަރު

ރިސޯޓެއްގެ ޕޫލަށް ވެއްޓިގެން 2 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އޭޑީކޭ ހޮސްޕިޓަލް.

ރިސޯޓެއްގެ ޕޫލަށް ވެއްޓިގެން ގެނބުނު 2އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

Ads by Allied

ފުލުހުން މިރޭ ބުނީ މަރުވެފައިވަނީ 2އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހުކުރު ދުވަހުގެ ރޭ 12:54ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯތެއްގެ ޕޫލަށް ވެއްޓި ގެނބިގެން."ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.