ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހުކުރު ދުވަހު އަތުލައިގެންފައިވަނީ 5370ގްރާމުގެ ކެނެބިސް ފަތާއި 6590ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 9.6މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސްއިން އާންމުކޮށްފައެއް ނުވެއެވެ.