ޚަބަރު

4 އަހަރަށް ބަހާލައިގެން 3 ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމްކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިނާނާ ބައްދަލުކުރައްވަނީ --

މެދުއިރުމަތީގެ ހަނގުރާމައާ އެކު ރާއްޖޭގެ 3ސަރަހައްދެއްގައި 4އަހަރުގެ ޕްލޭނެއްގެ ދަށުން ރެލުގެ ރިޒާވް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Allied

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި އުފައްދަން ޖެހޭ ކަމަށާއި، އެކަމަށް ސަރުކާރުން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިވަގުތު އެކަމަށް ޓަކައި ހަދަން ޖެހޭ ދިރާސާތައް ހަދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތެލުގެ ރިޒާވެއް 4އަހަރަށް ބަހާލައިގެން 3ސަރަހައްދެއްގައި ގާއިމްކުރާއިރު، އެކަމަށް ގާތްގަނޑަކަށް 150މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ތެލަށް ބަރޯސާވެފައި އޮންނަ ގައުމެއްކަމުން، ދުނިޔޭގައި ހިނގާ ކަމަކުން އެންމެ ބޮޑަށް ބުރޫއަރަނީ ތެލަށެވެ. މިހާރު ވެސް ތެލުގެ އަގުތައް ރާއްޖޭގައި ވަނީ އުފުލިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!