Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ވިޔަފާރި

ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް ; ސަރުކާރު ބޭރު ދަތުރުތައް މަޑު ޖައްސާލައިފި

ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް ; ސަރުކާރު ބޭރު ދަތުރުތައް މަޑު ޖައްސާލައިފި

މެދުއިރުމަތީގެ މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އަސަރު ކުރާނެ ކަމަށް ފެންނާތީ، ކޮންމެހެން ކުރަން ޖެހޭ ބޭރު ދަތުރުތައް ނޫނީ ނުކުރުން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނީ ކުރިއާލާ އިއުލާނުކޮށްގެން ނޫން ކަމަށާއި ނަމަވެސް ހާލަތަށް ބަލައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

"ބޭރު ދަތުރު ހުއްޓާލައިލާނެ. ނަމަވެސް ފޮރިން މިނިސްޓަރު ދަތުރު ކުރައްވާނެ. ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރާނެ. ހުދު އަޅުގަނޑުވެސް އޭޑީއެފްޑީގެ 100މިލިއަން ޑޮލަރުގެ ފައިނަލްގައި ސޮއިކުރުން."ޒަމީރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިނިސްޓަރު ވިދާޅުވީ މިގޮތުން ބައެއް ޕްރޮޖެކްޓްތަކަށް ސަރުކާރުގެ ކުންފުނިތަކަށް ނަގަން ޖެހޭ މުވައްޒަފުން ނެގުން ވެސް ވާނީ މަޑުޖައްސާލާފައެވެ.

"އިއްޔެ ވެސް އައި މުވައްޒަފުން ނަގަން އެސްއޯއީއަކުން. ނަމަވެސް އަޅުގަނޑު ވާނީ އަންގާފައި މަޑުކޮށްލަން."ޒަމީރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް