ޚަބަރު

މާފަރުގެ ހުޅަނގުގައި ކަނދުފަތި އަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކަނދުފަތި އަޅައިފައި

ރ.މާފަރުގެ ހުޅަނގުން 16މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފިއެވެ.

Ads by Allied

އެ ވަދު ކަނދުފަތީގެ ނަންބަރަކީ F08D02އެވެ. އެ ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ: E'235.300°01 ،N'45.400°72އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކަނދުފަތި ގާއިމުކުރުމުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާނެ ކަމަށާއި އަދި އެ ސަރަޙައްދުގެ މަސްވެރިން، ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ކަނދުފަތި ގާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.

އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.