ޚަބަރު

އެންސްޕާ އަދި އާސަންދަ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެންސްޕާ އަދި އާސަންދަ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

އެންސްޕާ އަދި އާސަންދަ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.

Ads by PNC

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ އެ އެ އޮފީސް ހުޅުވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވެ.

އެ ދެ އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އެ ދެ އޮފީސް ހުޅުވުމުން އައްޑޫގެ ރައްޔިތުން މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި އިދާރީ ގިނަ ކަންކަން އަމިއްލަ ފަސްފަނޑުގައި ތިބެގެން ނިންމުމަށް މަގުފަހުވެގެންދާނެ ކަމަށެވެ.

"މިއަދު މި ހުޅުވުން އޮފީހުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ދާއިމީ ހައްލެއް ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ދެ އޮފީހުން ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅަށް ވެސް ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށެވެ.

އަދި އެ ދެ އޮފީހާއެކު އެހީއަށް އެދި ލިޔެ ކިޔުންތައް ހުށަހަޅައި ޖަވާބެއް ލިބެން ކުރަން ޖެހޭ އިންތިޒާރުތައް ވެސް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by Allied Insurance