ޚަބަރު

ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ދައުލަތުގެ ވަސީލަތްތައް ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހުށަހެޅުމަށްޓަކައި މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދިއުމަށް ނިންމައިފިއެވެ.

Ads by Allied

އެ ޕާޓީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ވޯޓާ ދިމާކޮށް ސިޔާސީ ބޭނުމަށް ވަޒީފާތައް ބެހުމާއި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ހިންގަމުންދާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކުން ނުކުޅެދިފައިވާ ކަމަށެވެ. ޚާއްޞަކޮށް، ކޮރަޕްޝަން ހުއްޓުވުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވާ އޭސީސީން އެއްވެސް ފިޔަވަޅެއް ނާޅައި ހަނު އޮތުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ކަންބޮޑުވުންތައް ފާޅުކުރުމަށްޓަކައި އެ ޕާޓީގެ އިސްވެރިންނާއި އާންމު މެމްބަރުން އޭސީސީގެ އިދާރާއަށް އެއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:00 ގައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ސިޔާސަތުތަކާއި އަމަލުތަކަށް އިދިކޮޅު ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި ފާޑުކިޔަމުންނެވެ.

Ads by Allied Insurance
  1. ކަލޭމެން ޕާޓީނތިޔައަންޑިމޮކްޜެޓިވް ޕާޓީން ނުފޯޒު ފޮރުވި ވަރާ ގާތަކަށްވެސް މިސަރުކާރުން ނުފޯޒެއް ނުފޯރުވާ