ޚަބަރު

ފުވައްމުލަކުގެ ހުޅަނގުން ކަނދުފައްޗެއް ގާއިމުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ފުވައްމުލަކު ސިޓީގެ ހުޅަނގުން ކަނދުފައްޗެއް ގާއިމުކޮށްފިއެވެ.

Ads by Allied

ފިޝަރީޒް މިނިސްޓްރީން ބުނީ ވަދު ކަނދުފަތި ގާއިމުކުރީ ފުވައްމުލަކުގެ ހުޅަނގުން ހަ މޭލު ބޭރުން ކަމަށެވެ.

އެ ކަނދު ފަތީގެ ނަންބަރަކީ Q09V01-02 01އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ  ކަނދުފަތި ގާއިމުކުރުމުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާނެ ކަމަށާއި އަދި އެ ސަރަޙައްދުގެ މަސްވެރިން، ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ކަނދުފަތި ގާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.

އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

Ads by Allied Insurance