ޚަބަރު

ސައްހަނޫން ސްލިޕެއް ބޭނުންކޮށްގެން އަށްހާހަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި ދެ މީހަކު ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

"ނިޔު އެޑިޝަން" ފިހާރައަށް ސައްހަނޫން ފައިސާދެއްކި ކަމުގެ ރަސީދެއް ފޮނުވުމަށްފަހު، މަކަރާއި ހީލަތުން އަށްހާހަށްވުރެ ގިނަ ރުފިޔާގެ މުދާ ގެންދިޔަ ދެ އަންހެނަކު ހޯދުމަށް އެ ފިހާރައިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

Ads by PNC

އެ ފިހާރައިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ދެ މީހުން ވަނީ އޮޅުވާލައިގެން ޖުމްލަ 8،788.29 ރުފިޔާގެ މުދާ އެ ފިހާރައިން ގެންގޮސްފައެވެ. މި އަމަލު ހިންގި ވަގުތު ކެމެރާތަކަށް ރެކުމުގެ ގޮތުން، އޭގެ ތެރެއިން އެކަކު ހުރީ މޫނު ނޭނގޭނެހެން މާސްކު ވެސް އަޅައިގެންނެވެ. މީގެ އިތުރުން، އެ މީހުން ފިހާރައިގައި ހަރަކާތްތެރިވަމުންދިޔަ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް ވެސް މިހާރު ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.

މި ދެ އަންހެނުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ލަސްނުކޮށް އެ ފިހާރައިގެ ނަންބަރު 7784250 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް އެތަނުގެ މެނޭޖްމަންޓުން އެދެއެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހޯދޭފަދަ ތެދު މައުލޫމާތެއް އަންގާ ފަރާތަކަށް ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ފިހާރައިން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance