އައްޑޫ ސިޓީ ކައިރިއަށް 5.3 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފި
އައްޑޫ ސިޓީ ކައިރިއަށް 5.3 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ކައިރިއަށް ބިންހެލުމެއްގެ އިންޒާރު މިއަދު ހެނދުނު 9:55 އެހާއިރު އައިސްފައިވާ ކަމަށެވެ. މި ބިންހެލުން އައިސްފައި ވަނީ މިޑު އިންޑިއަން ރިޖުއަށް ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން މެޓު އޮފީހުން ބުނީ، މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
Ads by Allied Insurance