ޚަބަރު

ހުޅުމާލެ ފޭސް ދޭއްގެ އެކަމޮޑޭޝަން އިމާރާތެއްގައި އަލިފާން ރޯވެ، ސިފައިން ހަރަކާތްތެރިވާން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޤައުމީ ދިފާއީ ބާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި އެކަމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުމާ ގުޅިގެން، ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Allied

ގައުމީ ދިފާއީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހަވީރު 17:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ސިފައިން ވަނީ އެތަނަށް ގޮސް، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ އަމަލީ މަސައްކަތް ވަގުތުން ފަށާފައެވެ.

މިހާތަނަށް ބެލިބެލުމުން، މި ހާދިސާގައި އެއްވެސް ފަރާތެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، އަލިފާންގަނޑު މުޅިން ނިއްވާލުމަށްޓަކައި ސިފައިން މެދުކެނޑުމެއްނެތި ދަނީ ހަރަކާތްތެރިވަމުންނެވެ.

Ads by Allied Insurance