ޚަބަރު

ވައިގެ މަގުން އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކަސްޓަމްސް ސަރވިސްއިން ކުރިން އަތުލައިގެނެފައިވާ މަސްތުވާތަކެތި / ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ވައިގެ މަގުން އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފިއެވެ.

Ads by Allied

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، މި މަހުގެ ފުރަތަމަ ދުވަހު ވައިގެ މަގުން އެތެރެކުރަން އުޅުނު 2.1 ކިލޯގެ މަސްތުވާތަކެތި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މުއައްސަސާއިން ހާމަކޮށްފައިވާ ގޮތުގައި، މިމަހުގެ އެއްވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހިފެހެއްޓި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ހަޝިޝް އޮއިލް' އެވެ. މިގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2174 ގްރާމް ހުރިކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ދިވެހިރާއްޖޭއަށް ގާނޫނާ ޚިލާފަށް އެތެރެކުރަން މަސައްކަތްކުރާ މިފަދަ ތަކެތި ހުއްޓުވުމުގެ މަގުސަދުގައި، ދައުލަތުގެ އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކަސްޓަމްސް އިން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by Allied Insurance