ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 2000އެއްހާ ވޭޕް ކާޓްރިޖް އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވޭޕްތަކެއް: ވޭޕް ބޭނުންކޮށްގެން 9 މީހަކު ވަނީ ޖޫރިމަނާކޮށްފައި / ފޮޓޯ: ވޭޕްކޭވް

ރާއްޖެ އެތެރެކުރަން އުޅުނު 2000އެއްހާ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.

Ads by Allied

ކަސްޓަމްސްއިން މިއަދު ބުނީ  ކަނޑުމަގުން އެތެރެކުރަން އުޅުނު އެ ވޭޕް ކާޓްރިޖްތައް އަތުލައިގަތީ އިއްޔެ ކަމަށެވެ.

އެގޮތުން ޖުމްލަ 1940ވޭޕް ކާރޓްރިޖް ކަސްޓަމްސްއިން އަތުލައިގަތް ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ މައްސަލަ މިހާރު ކަސްޓަމްސްއިން ދަނީ ތަހުގީގުކުރަމުންދާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާޙު ގެނެސް، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. އެއާ އެކު އެފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ވޭޕްގެ ބާވަތްތަކާއި އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ 50000ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފި ނަމަ ނުވަތަ ހިލޭ ދީފި ނަމަ އެފަދަ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމުގެ ގާނޫނުގެ ދަށުން 50000ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

Ads by Allied Insurance