މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު. ނަންބަރު ރސ 5268 / މާލެ، މުޙައްމަދު ޠާހާ (37އ) ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 2026 އެޕްރީލް 10ވަނަ ދުވަހުގެ ހެނދުނު 08:55 އެހައިކަންހާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައި ވަނީ، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެންނެވެ. އެގޮތުން ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައިވާ ކަމަށާއި އެ ޕެކެޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މުޙައްމަދު ޠާހާ ދުއްވި ސައިކަލު ޓޯކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.